ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2025/79
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 23 ޖޫން 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމާއި ގުޅޭ

އިޢުލާނު

 

ބ.އޭދަފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމާއި ގުޅޭ

             ބ.އޭދަފުށިން ދިރިއުޅުމަށްޓަކައި ގޯތި ލިބޭ ފަރާތްތަކަށް، ގޯތި ލިބޭ ބިންތަކުގެ ގުރުއަތުލުން، 2025 ޖޫން 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 21:00 ގައި އޭދަފުށީ ޓާރފް ފުޓްބޯޅަ ސްޓޭޑިއަމްގައި އޮންނާނެއެވެ.

            ވީމާ، މިގުރުއަތުގައި ބައިވެރިވުމަށްޓަކައި، ގޯތި ލިބުނު ހުރިހާ ފަރާތްތަކުން އެގަޑިއަށް ޓާރފް ފުޓްބޯޅަ ސްޓޭޑިއަމްއަށް ވަޑައިގަތުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު 2025 ޖޫން 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް އެންގެވުން އެދެމެވެ.

                  22 ޛުލްޙިއްޖާ 1446

19 ޖޫން 2025