ނީލަން
ނަންބަރު: ADM-MPL/IUL/2025/87
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 25 ޖޫން 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުމާއިގުޅޭ

              މި ކުންފުނީގައި ބޭނުންކުރަމުން އައި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަންބަރު ADM-MPL/IUL/2025/81 (2 ޖޫން 2025)ގެ އިޢުލާނާއި ގުޅިގެން  އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހު 14:00 ގެ ކުރިން ސިޓީން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު ޝީޓް އަދި ސިޓީން އަގު ހުށަހަޅާ ފޯމް އެއްހީރަސް ކުރެވިފައިވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކުންފުނީގެ ނަންބަރު 3009233 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

19 ޖޫން 2025