މުބާރާތް
ނަންބަރު: (IUL)423/423/2025/47
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 25 ޖޫން 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ކައުންސިލް، ހުވަދޫ ސްކޫލް ޤުރްއާން މުބާރާތް 1447

ކިޔަވާކުދިންނާއި، ބޮޑެތިމީހުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި ޢާލާކުރުމުގެ މަޤްޞަދުގައި "ފަރެސްމާތޮޑާ ކައުންސިލް، ހުވަދޫސްކޫލް ޤުރްއާން މުބާރާތް 1447" ގެނަމުގައި 03 އިން 06 ޖުލައި 2025 އަށް ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ޝަޢުގުވެރިކަންހުރި ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް) ފުރިހަމަކުރެއްވުމަށްފަހު 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގައި ވާދަކުރެވޭ ބައިތަކާއި، އުމުރުފުރާތަކާއި، މުޤައްރަރު ތިރީގައި އެވަނީއެވެ. އަދި  މި އިޢުލާނާއިއެކު މިމުބާރާތުގެ ޤަވާޢިދު ޢާންމު ކުރި ވާހަކަ ދެންނެވީމެވެ.

މުބާރާތުގައި ވާދަކުރެވޭ ބައިތައް:

  • ބަލައިގެން ކިޔެވުމުގެ ގޮފި.
  • ނުބަލައި ކިޔެވުމުގެ ގޮފި.
  • ޙާފިޡުންގެ ގޮފި.
  • ޙާއްސަ އެޙީއަށް ބޭނުންވާ ފަރާތްތަކުގެ ގޮފި.

މުބާރާތުގެ ޢުމުރުފުރާތަކާއި، މުޤައްރަރު:

#

ކީ ސްޓޭޖްތައް

ނުބަލައި ކިޔެވުން

ބަލައިގެން ކިޔެވުން

ފެށޭ ކޮޅު

ނިމޭ ކޮޅު

ފެށޭ ކޮޅު

ނިމޭ ކޮޅު

1

ފައުންޑޭޝަން

ފާތިޙާ 1- ބަޤަރާ 77

އަޢްލާ1- ނާސް 6

1ވަނަ ފޮތް

30ވަނަ ފޮތް

2

ކީސްޓޭޖް 1

1ވަނަ ފޮތް

30ވަނަ ފޮތް

ފޮތް 1- 3

ފޮތް 28- 30

3

ކީސްޓޭޖް 2

ފޮތް 1- 3

ފޮތް 28- 30

ފޮތް 1- 7

ފޮތް 24- 30

4

ކީސްޓޭޖް 3

ފޮތް 1 - 5

ފޮތް 26- 30

ފޮތް 1 - 10

ފޮތް 21- 30

5

ކީސްޓޭޖް 4

ފޮތް 1- 7

ފޮތް 24- 30

ފޮތް 1 - 15

ފޮތް 16- 30

6

16 އަހަރުން މަތި

ފޮތް 1-10

ފޮތް 21-30

ފޮތް 1-30

 

7

ޙާފިޘުންގެ ބައި

ފޮތް 1-30

8

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައި

ވަކި މުޤައްރަރެއް ކަނޑައެޅިފައެއްނުވޭ

ނޯޓް:

ދާއިރާގެ ރަށްރަށުން އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކާ ޙަވާލުވެގެން ވަޑައިގަންނަވާ ބޭފުޅުންގެ ޕާސްޕޯޓް ސައިޒްގެ ޕޮޓޯއާއި، އައިޑީކާޑު ކޮޕީ އަދި ޓީމުގައި ހިމެނޭ މެމްބަރުންގެ މަޢުލޫމާތު ތިރީގައިވާ މެއިލް އަށް ފޮނުއްވުމަށް އެދި ދަންނަވަމެވެ.  

[email protected]

މުވައްސަސާތަކުގެ މުޤައްރަރު: 16 އަހަރުން މަތި (ފޮތް 1-10  - ފޮތް 21-30)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖޫން 2025