ބީލަން
ނަންބަރު: (IUL)425-A2/1/2025/117
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 20:21
ސުންގަޑި: 30 ޖޫން 2025 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މާލޭގެ އެކި ސަރަހައްދުގައި އިންދުމަށް ގަސް ހޯދުމާއި ގުޅޭ،

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މާލޭގެ އެކި ސަރަހައްދުގައި އިންދުމަށް ގަސް  ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 13:00 އަށް އާންމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2025 ޖޫން 25 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

18 ޖޫން 2025