ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
މާލެ ޕަވަރހައުސް
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޕަވަރޕްލާންޓް އަދި ޕަވަރޕްލާންޓާއި ގުޅުންހުރި ހުރިހާ ތަކެއްޗެއް ވެރިންގެ މަޝްވަރާގެ މަތިން މަރާމާތުކޮށް ބެލެހެއްޓުން.
- ކަޑައެޅިފައިވާ ދަންފަޅިތަކުގައި ޕަވަރޕްލާންޓްގެ ޑިއުޓީކުރުމުގައި އިސްވެ ހަރަކާތްތެރިވުން. އަދި ހުރިހާ އިކުއިޕްމަންޓާއި ޕަވަރޕްލާންޓާއި ގުޅުންހުރި ހުރިހާ ޢިމާރާތް ބެލެހެއްޓުމާއި އާދަޔާއި ޚިލާފުކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ވެރިންނަށް އެންގުން.
- ޕަވަރޕްލާންޓްގެ ޓެކްނިކަލް ޑާޓާ އިވެލުއޭޓްކުރުން އަދި ފިޔަވަޅެއް އަޅަންޖެހޭ ފަދަ ކަމެއްވާނަމަ ވެރިންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
- ޕަވަރޕްލާންޓްގައި އިންސްޓޯލް ކުރެވިފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- ޕަވަރޕްލާންޓަށް ބޭނުންވާ މުދަލާއި، ސްޕެއަރޕާޓްސް އަދި ޕަވަރޕްލާންޓަށް ބޭނުންވާ އެހެނިހެން ތަކެތީގެ ލިސްޓް އެކުލަވާލުމާއި، މިތަކެތި ހޯދުމުގެ މަސައްކަތްކުރުމާއި، އަދި މިތަކެތީގެ ސްޓޮކް ބެލެހެއްޓުން.
|
ވަޒީފާގެ ދާއިރާ:
|
މާލެ ޕަވަރހައުސް
|
މަޤާމް:
|
ސީނިއަރ ސްޕަވައިޒަރ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/9,500ރ އާއި -/17,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- އިންޖިނިއަރިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މެކޭނިކަލް/އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
މަޤާމް:
|
ވެލްޑަރ
|
ވަޒީފާގެ ދާއިރާ:
|
މާލެ ޕަވަރހައުސް
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ވެލްޑިންގ އެންޑް ފެބްރިކޭޝަންގެ ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މީގެ އިތުރުން، ލޭތު ކުރުމާއި ގުޅޭ މެޝިނަރީސް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ދާއިރާއިން ބަލަހައްޓާ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ ވެލްޑިންގ ކުރުމާއި ގުޅޭ މަސައްކަތްތައް ކުރުން.
- ދާއިރާއިން ރާވާ ގޮތުގެމަތިން މެއިންޓަނަންސް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
22 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 22 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
22 ޛުލްޙިއްޖާ 1446
18 ޖޫން 2025
|