ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާގައި ދެއްވާ މެޑެލް، ފިލާ އަދި ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާއަށް ދެއްވާ މެޑެލް، ފިލާ އަދި ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު GS-186/IU/2015/23 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދެއްވާ މެޑެލް، ފިލާ އަދި ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި އަމިއްލަ ތަކެތީގައި މި ސްކޫލުން އެދޭގޮތަށް ހައްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް ލ. އިސްދޫ ސްކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް ލ. އިސްދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
13 ސެޕްޓެންބަރު 2015ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް |
15 ސެޕްޓެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް |
އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭ ފަރާތްތަކުން މި ނަންބަރު 6800562 އަދި 7666920 ފޯނާ ގުޅުއްވުން އެދެމެވެ.