ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)326/326/2025/50
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 20 ޖުލައި 2025 13:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު ކައުންސިލުން ރަށު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޕައިކަރ އަންހެން 4 އޮން 4 ސޭންޑް ވޮލީ މުބާރާތް 2025

އިޢުލާން

             ހިންނަވަރު ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅައިގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ކައުންސިލުން އިންތިޒާމްކޮށްގެން 05 އޮގަސްޓް 2025 ވަނަ ދުވަހު ހިންނަވަރުގައި ސްޕައިކަރ އަންހެން 4 އޮން 4 ސޭންޑް ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

             ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުރުން 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ފުރިހަމަކުރުމަށްފަހު 31 ޖުލައި 2025 ވާ ބުރާސްފަތި  ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 6620301 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ގޫގަލް ފޯމް ލިންކް: https://forms.gle/6qT1Ly3ELU1mSh5P7

18 ޖޫން 2025