ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2025/82
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 10 ޖުލައި 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑަށް ނަން ހުށަހެޅުމާގުޅޭ

ކައުންސިލުން އަހަރަކު އެއްފަހަރު ދެމުންއަންނަ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" މިހާރު ދެއަހަރުން އެއްއަހަރު ދޭގޮތައް ވަނީ ނިންމާފައެވެ. ވީމާ މިއަހަރު ދިނުމަށް ހަމަޖެހިފައިވާ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއެވޯޑަކީ ހިތްވަރާއި ހުނަރުން ހޯދާ ކާމިޔާބީތައް ފާހަގަ ކޮށް އެކަމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް މިއިދާރާގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އިނާމެކެވެ.

          ވީމާ، މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ކުރިން ކަމާއިބެހޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިޢިޢުލާނާއި އެކު ކަމާއި ބެހޭ ފޯމާއި، ޢިނާމް ދިނުމުގެ އުޞޫލު ގެޒެޓްގައި ހިމެނިފައިވާނެއެވެ. އަދި މިއިދާރާއިންވެސް ފޯމް އަދި އުސޫލް ލިބެން ހުންނާނެއެވެ.

          ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖޫން 2025