ދެންނެވުން
ނަންބަރު: (IUL)376/376/2025/17
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 14 ޖުލައި 2025 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

މިރަށުގައި ދުއްވާ އެންމެހާ އެއްގަމު އުޅަނދާއި (މޮޓޯ ސައިކަލް، ބެޓެރީ ބައިސްކަލް، ބަގީ، ޕިކަޕް ފަދަ އުޅަނދުތައް) އޮޑިދޯނިފަހަރުގެ (ދޯނި، ލާންޗު، ޑިންގީ ފަދަ އުޅަނދުތައް) މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ.

                   މިދެންނެވި ދަފްތަރު ފުރިހަމަ ކުރުމަށް އެފަދަ އުޅަނދުފަހަރު މިހާރު ބޭނުންކުރާ ފަރާތްތަކުން، އުޅަނދުގެ ރަޖިސްޓްރީ ކޮޕީ، ވެރިފަރާތުގެ އައި.ޑީ ކާރޑްގެ ދެފުށުގެ ސާފު ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު 14 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އުޅަނދު ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުންވެސް ވެރިފަރާތުގެ އައި.ޑީ ކާރޑްގެ ދެފުށުގެ ސާފު ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.  މި މަޢުލޫމާތު އީ-އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                   ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 ޖޫން 2025