ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2025-42
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 21 ޖޫން 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސިވިލް އިންޖިނިއަރ)

މަޤާމް :ސިވިލް އިންޖިނިއަރ
ބޭނުންވާ އަދަދު :2

މިކޯޕަރޭޝަންގެ ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސިވިލް އިންޖިނިއަރ

 ބޭނުންވާ ޢަދަދު: 

 02

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ – ގރ 1

 އަސާސީ މުސާރަ:

 12,500.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް: 

 -  ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -  ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ 25%

 -  ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 -  ފޯން އެލަވަންސް: 450.00 ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،   މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ   ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު: 

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 09ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ   ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 07ގެ ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ   ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -   ޕްރޮޖެކްޓްތައް ޑިޒައިންކުރުމާއި ރާވާ ހިންގުމުގެ އެންމެހާ މަސައްކަތް ކުރުން.

 -   ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓީ.އޯ.އާރް ތައްޔާރުކުރުން.

 -   ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ސަލާމަތީކަންކަން ހުރި ގޮތް   ބަލައި ކަށަވަރުކުރުން.

 -   ޑިޒައިންތަކާ ބެހޭ ގޮތުން ކާމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

 -   ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް، ޕްރޮޖެކްޓް ޓީމްތަކާއި ގުޅިގެން އެ   ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ ރަގަޅަށްކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތުގެ   ފެންވަރާއި، މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

 -   ޑިޕާޓްމަންޓުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލާފާ ދިނުން.

 -   ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްސީލީ ރިޕޯޓް   ތައްޔާރުކުރުން.

 -    ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި ޑިޒައިންތައް، ސްޕެސިފިކޭޝަން އަދި   ކޮމްޕިއުޓަރ މޮޑެލްގެ ސްޓްރަކްޗަރ އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުން .

 ޕްރޮޖެކްޓް ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި، ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި   ބައިވެރިވުން.

 ސުންގަޑި:

 -  މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 21 ޖޫން 2025  ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން   ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް   ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ)

 އިންޓަވިއު:

 -  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 -  މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ   ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖޫން / ޖުލައި މަހުގެ   ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

   22 ޛުލްޙިއްޖާ 1446

18 ޖޫން 2025