- ސައިންސް(Biology, Chemistry, Biological Sciences, Biochemistry, Biotechnology, Genetics, Microbiology, Molecular Biology, Environmental Sciences) ނުވަތަ މެޑިކަލް ސައިންސް (Medicine, Medical Technology, Nursing, Pharmacy/ Pharmaceutical Sciences) ގެ ދާއިރާއަކުން ނުވަތަ މިއާ ގުޅުންހުރި އެހެން ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. އަދި
- TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.
- 30 ނޮވެންބަރު 2015 ގެ ނިޔަލަށް އުމުރުން 30 އަހަރު ފުރިފައި ނުވުން.
- ސައިންޓިފިކް ލެބޯރެޓަރީ ރިސާރޗްގެ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި
- މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.
- އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 18 އޮކްޓޫބަރު 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.
ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން
ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން
ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.
ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި
- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ.
|
ކޯހުގެ ޝަރުޠުުތައް
|