މަސައްކަތް
ނަންބަރު: (IUL)222-AH/INDIV/2015/39
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 07 ސެޕްޓެންބަރު 2015 12:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
2 ކޮޓަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯރގެ 2 ކޮޓަރީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން މިޑިޕާޓްމަންޓުން ކުރި ނަންބަރު 23/IUL)222-AH/INDIV/2015) (ތާރީޚު: 02 ޖޫން 2015) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުތަކުގެ ތެރެއިން ޞައްޙަ އަންދާސީހިސާބެއް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ހޯމަ

07 ސެޕްޓެންބަރު 2015

12:00

އަންދާސީހިސާބު ހުށަހެޅުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ބުރާސްފަތި

10 ސެޕްޓެންބަރު 2015

12:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏‏‏16‏ ޛުލްޤަޢިދާ‏ 1436

31 އޮގަސްޓް 2015