މަސައްކަތް
ނަންބަރު: (IUL)387/387/2025/27
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 07 ޖުލައި 2025 10:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ އާޢިމާރާތް ޢިމާރާތްކުރުމުގެ މަސައްކަތް

 

އިޢުލާން

 

ތ. ކަނޑޫދޫ ކައުންސިލް އިދާރާގެ އާޢިމާރާތް ޢިމާރާތްކުރުމުގެ މަސައްކަތް

 

                  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސްގެ ފަރާތުން ހިންގާ 55 ކައުންސިލް އިދާރާ ޢިމާރާތް ކުރާ ޕްރޮޖެކްޓްގެ ތެރެއިން ތ. ކަނޑޫދޫ ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ މަސައްކަތް ކުރާނޭ ސަބްކޮންޓްރެކްޓަރެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓްގައި އާންމުކުރެވިފައި ވާނެއެވެ.

 

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 19 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ.  ބީލަންފޮތް ވިއްކާ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.

ބީލަން ވިއްކުން

2025 ޖޫން 24 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް މީޓިން

2025 ޖޫން 25 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން

2025 ޖުލައި 07 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

 

                  22 ޛުލްޙިއްޖާ 1446

                  18 ޖޫން    2025

18 ޖޫން 2025