ދިވެހިރާއްޖެ
2015 ސެޕްޓެންބަރު 12 (ހޮނިހިރު) ދުވަހުގެ 16:00 ން އިން 18:00 އަށް މާލޭގައި ބައިސްކަލް ދުއްވުމުގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، 2015 ސެޕްޓެންބަރު 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު 15:00 ން ފެށިގެން 18:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އިންޖީނުލީ އެހެން އުޅަނދުތައް މާލޭސިޓީގައި އެދުވަހު އެވަގުތު ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 5/2009 ގެ 5 ވަނަމާއްދާގެ (ރ) ގެ ދަށުން މަނާކަމެއްކަމުގައި ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިއުލާންސް
- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
- ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ތެރެއިން މިއޮތޯރިޓީން ހުއްދަދޭ އުޅަނދު
- އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅނދު
މަތީގައިވާ 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހުގެ އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކުރެވޭނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި ޢާންމުކޮށް ފެންނަން ހުންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.
މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެކަންވެސް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
23 ޛުލްޤަޢިދާ 1436