ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2025/87
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 20:49
ސުންގަޑި: 25 ޖޫން 2025 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ (ކޮންޓްރެކްޓް) މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަގާމް

އެސިސްޓެންޓް ޕްރްޖެކްޓް މެނޭޖަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: ވަޒީފާ ފުރަތަމަ ހަމަޖެއްސޭނީ 1 އަހަރާއި 11 މަހައްށެވެ. (މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ލެވެލް

EX 3

މުސާރަ: (މަހަކު)

-/11065ރ (އެގާރަ ހާސް ފަސްދޮޅަސް ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/2000ރ (ދެހާސް ރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް) އިންސައްތަ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (ތިރީސް ފަހެއް) އިންސައްތަ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ.
  • ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައުޤާފް އެންޑް އިސްލާމިކް ޑިވަލޮޕްމަންޓް ޑިވިޝަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސް ޑިޕްލޮމާ އެސޯސިއޭޓް ޑިގްރީއެއް ޚާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޚާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމާ ގުޅޭ ތައުލީމީ ރޮނގުތައް:

  1. އާކިޓެކްޗަރ
  2. ބިލްޑިންގ ސަރވޭ
  3. ސިވިލް އިންޖިނިއަރިންގ
  4. ޕްރޮޖެކްޓް މެނޭޖްމަންޓް
  5. ކުއަންޓިޓީ ސާވޭއިންގ
  6. ސްޓްރަކްޗަރަލް އިންޖިނިއަރިންގ
  7. އަރބަން ޕްލޭނިންގ
  8. އާރބަން ސްޓަޑީޒް

މަޤާމާ ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އާކިޓެކްޗަރ
  2. ބިލްޑިންގ ސާވޭއިންގ
  3. ސިވިލް އިންޖިނިއަރިންގ
  4. ޕްރޮޖެކްޓް މެނޭޖްމަންޓް
  5. ކުއަންޓިޓީ ސާވޭއިންގ
  6. ސްޓްރަކްޗަރަލް އިންޖިނިއަރިންގ
  1. އަރބަން ޕްލޭނިންގ 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީން އިމާރާތްކޮށް، ބަލަހައްޓަމުންގެންދާ މިސްކިތްތަކާއި އިމާރާތްތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައްކޮށް، ސަރވޭ ކުރުމާއި އިންސްޕެޝަން ހަދާ ރިޕޯޓް ތައްޔާރުކޮށް، އަދި މި ކަމާގުޅޭ މަޢުލޫމާތު ސްޕަވައިޒަރަށް ރިޕޯޓް ކުރަމުން ގެންދިޔުމާއި އަދި ރިޕޯޓްގައި ފާހަގަ ކުރެވޭ ކަންކަން ހައްލު ކުރުމަށް ސްޕަވައިޒަރު އަންގާ ގޮތުގެމަތިން މަސައްކަތްކުރުމާއި އަދި ކުރުވާ ބެލެހެއްޓުން.
  2. އިންފްރާ ސްޓަރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނުގެ މަސައްކަތްތައް ކުރަމުންދާއިރު ފަންނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބަލާ ޗެކްކުރުމާއި، ޚާއްޞަ ގޮތެއްގައި އެކަމާގުޅިގެން ދޭންޖެހޭ ފަންނީ ލަފާ ދިނުމާއި އަދި މަސައްކަތުގެ ރިޕޯޓް ތައްޔާރުކޮށް ސްޕަވައިޒަރަށް ރިޕޯޓްކުރުމާއެކު ކުރަންޖެހޭ މަސައްކަތްކުރުމާއި ކުރުވާ ބެލެހެއްޓުން.
  3. މާލެއާއި އަތޮޅުތަކުގައިވާ މި މިނިސްޓްރީގެ ޢިމާރާތްތަކުގެ ދަފްތަރު އެކުލަވައިލުމަށް ބޭނުންވާ ފަންނީ މައުލޫމާތުތައް ފޯރުކޮށްދިނުން.
  4. އިންފްރާ ސްޓަރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ ހިސާބު، ކަމާގުޅޭ މުވައްޒަފުންގެ ފަރާތުން ތަފްޞީލްތައް ހޯދައި ފައިނަލް ހިސާބު ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްކުރުމާއި ކުރުވާ ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ކޮންސަލްޓެންޓުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ރާވައި ދިމާވާ މައްސަލަތައް ޙައްލުކުރުމާއި  މަސައްކަތް ހިނގަމުންދާ ސައިޓްތައް ބަލާ މޮނީޓަރކޮށް، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓް ކުރުމާއި ކުރުވާބެލެހެއްޓުން.
  6. ކޮންޓްރެކްޓަރުންނާއި ކޮންސަލްޓެންޓުން ފޮނުވާ ބިލްތައް ޗެކްކޮށް، އެންޓަރކޮށް އިންޓަރިމް ސެޓްފިކެޓް ތައްޔާރުކުރުން.
  7. ކޮންޓްރެކްޓަރުން ހުށަހަޅާ ވޭރިއޭޝަންތަކާ ގުޅިގެން ދޭންޖެހޭ ލަފާ ސެކްޝަން ހެޑަށް ދިނުމާއި ވޭރިއޭޝަންތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ކުރުވާ ބެލެހެއްޓުން.
  8. ޕްރޮޖެކްޓްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި އެކަންކަން ހިންގައި ބެލެހެއްޓުން އަދި އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޤަވާޢިދުން ތައްޔާރުކޮށް ފޮނުވުމާއި ޖަވާބު ދިނުމާއި އަދި ފައިލްކޮށް ބެހެލެއްޓުމުގެ މަސައްކަތްކުރުމާއި ކުރުވާ ބެލެހެއްޓުން.
  9. ކޮންމެ އަހަރެއްގެ ޕީ.އެސް.އައި.ޕީ  ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ޓެންޑަރިންގ ޕްރޮސެސް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމަންޖެހޭ މުއްދަތުގައި ކުރުމާއި ކުރުވުން
  10. ޕީއެސްއައިޕީ ޕްރޮޖެކްޓުތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން
  11. އޮފީހުގެރަސްމީ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ކުރުން.

 

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މިނިސްޓްރޯ އޮފް އިސްލާމިކް އެފެއާޒްގެ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ލިބިފައިވާ ތަޢުލީމު
  2. މަސައްކަތު ތަޖުރިބާ،
  3. ލިބިފައިވާ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް/ ޕްރެޒެންޓޭޝަން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2025ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ އިތުރުވާނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ  10 ފަރާތެކެވެ.  

އިންޓަރވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ،2025  ޖުލައި6 އާއި 2025  ޖުލައި24 އާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު، ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

17 ޖޫން 2025