ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-A3/1/2015/76
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 10 ސެޕްޓެންބަރު 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނިފޯރމު ފަހާ ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއޮފީހުގެ މުވައްޒަފުންގެ ޔުނިފޯރމު ފަހާ ހުދު އަދި ކަޅު ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/08) އަދި IUL)14-A3/1/2015/19) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރި ފަރާތްތަކުން ހުށަހެޅި ސާމްޕަލް ފޮއްޗާއި އެއްގޮތް ފޮތި ސަޕްލައިކޮށްދީފައިނުވާތީ، އެ އިޢުލާނުތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މުވައްޒަފުންގެ ޔުނިފޯރމު ފަހާ ހުދު އަދި ކަޅު ފޮތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015