ދިވެހިރާއްޖެ
މިމިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ޕްރޮޖެކްޓަކަށް 1 ގިތެޔޮ އަދި 10 ބަކަރި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)30-C/1/2015/110) އާ ގުޅިގެން އަންދާސީ ހިސާބު ހުޅަހެޅުމަށް އެންމެ ފަރާތަކުން ހާޒިރުވެފައިވާތީ މިއިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިތަކެތި ފޯރު ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް |
09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް |
މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.