ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2025/23
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 25 ޖޫން 2025 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޑިރެކްޓަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ޑިރެކްޓަރ

ރޭންކް:

 EX1/B

ސެކްޝަން/ޑިޕާޓްމަންޓް

 މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން- ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖްރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މީޑިއާ އެންޑް ކޮމިއުނިކޭޝަން އާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މީޑިއާ އެންޑް ކޮމިއުނިކޭޝަން އާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މީޑިއާ އެންޑް ކޮމިއުނިކޭޝަން އާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ނޯޓް: މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާ ކަނޑައެޅުމުގައި ބަލާނީ ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، މާކެޓިންގ، އެޑްވަޓައިޒިންގ، ކޮމިއުނިކޭޝަން،މަލްޓިމީޑިއާ، އާޓްސް، މީޑިއާ މެނޭޖްމަންޓް ފަދަ ދާއިރާތަކުން ފުރިހަމަކޮށްފައިވާ ތަޢުލީމަށެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަނާ ހަވާލުވެ ހުންނަ ވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާގުޅޭ އެންމެހާ މަސައްކަތްތަކާއި ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ނުވަތަ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނަ ވެރިއެއްގެ ލަފައާ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތަކާއި، އެކި އިވެންޓްތައް ބްރޯޑްކާސްޓްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި، ޚަބަރު ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާ އަދި ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމުގެ ކަންކަން ބެލެހެއްޓުން.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތަކާއި، އެކި އިވެންޓްތަކުގެ މަޢުލޫމާތާއި ޚަބަރު، ދުވަހުން ދުވަހަށް މީޑިޔާއަށް ދިނުމުގެ މަސައްކަތް ކުރުން.
  • ނޫސްވެރިންނާ ބްރޯޑްކާސްޓަރުން އަދި ކެމެރާމަނުން ޚަބަރާބެހޭ ކަންކަމުގައި މަޖިލިސްކުރާގެއަށް އައިސް ގޮސްވުމުގެ ކަންތައްތައް ވިލަރެސްކޮށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • ސެކްޝަން ތަރައްޤީކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ ހިންގުމާއި ސެކްޝަނުގެ މުވައްޒަފުންނަށް ތަމްރީނުދީ ޤާބިލު ހުނަރުވެރި މުވައްޒަފުންނަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ބެލެހެއްޓުން.

އުޖޫރަ:

  • މަހަކު 15,950 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- ފޯން އެލަވަންސްގެ ގޮތުގައި މަހަކު 600 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

25 ޖޫން 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:     

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ނޯޓް: މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަޤާމަށް ޝަރުޠުހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

17 ޖޫން 2025