މަސައްކަތް
ނަންބަރު: (IUL)330-B/330/2025/44
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 25 ޖޫން 2025 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" ހިންގައިދޭނެ ފަރާތެއް ހޯދުން

މިހިނގާ 2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" ގެ ނަމުގައި 2025 ޖުލައި 24 ވަނަ ދުވަހުން ފެށިގެން ކާށިދޫ ކައުންސިލްގެ ފަރާތުން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް އިންތިޒާމުކުރުމަށް ހަމަޖެހިފައިވަނީ އައުޓްސޯސް ކޮށްގެންނެވެ.

         އެހެންކަމުން  "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ މި މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމާބެހޭ އުސޫލު"ގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މުބާރާތް ހިންގުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. އަންދާސީ ހިސާބުގައި ތިރީގައިވާ ކަންކަމަށް ހުށަހަޅާ އަގުތައް ވަކިވަކިން ބަޔާންކުރަންވާނެއެވެ.

  1. މެޗް އެލަވަންސް ނުހިމަނައި ރެފްރީންނާއި ލައިންސްމަނުންނަށް ކުރަންޖެހޭ ޖުމްލަ ޚަރަދު (ދަތުރު ޚަރަދު، އެކޮމޮޑޭޝަން، ކެއުން އަދި އެހެން ޚަރަދެއް ވާ ނަމަ އެ ޚަރަދެއް)
  2. ރެފްރީންނަށް މެޗް އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ޖުމްލަ ޢަދަދު
  3. މުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކުރަންޖެހޭ އެހެނިހެން ޚަރަދު

            ވީމާ މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 25 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 ޖޫން 2025