ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/229
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 16 ސެޕްޓެންބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ކްލައިމެޓޮލޮޖީ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ، ކްލައިމެޓޮލޮޖީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

-/7,035 ރުފިޔާ

-/2,000 ރުފިޔާ

2,462/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މިއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މިއާގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މިއާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މިއާގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުމާއެކު، ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ މިއާގުޅޭ ދާއިރާއެއްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ޑިވޮލަޕްމަންޓް ސްޓަޑީސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ދާއިރާތަކުން ރާއްޖެއިން އިސްކަންދޭ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް އެހީ ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލްތަކާއި އަދި މިކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުމާއި، މިމަސައްކަތުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
  • މޯލްޑިވްސް ގްރީން ފަންޑު ހިންގުމަށް ބޭނުންވާ އޮޕަރޭޝަނަލް ޕްރޮސީޖަރތަކާއި އަދި މިފަންޑުގެ ޑިއު ޑިލިޖެންސް ޕްރޮސެސް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިފަންޑަކީ، އެޑަޕްޓޭޝަން ފަންޑަށް އެކްރެޑިޓްކުރެވޭ ފަދަ މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ގްރީން ކްލައިމެޓް ފަންޑުމެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގައި ޑިޕާރޓްމަންޓުން ކުރަންޖޭހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުމާއި މިކަމަށް މަގުފަހިކުރުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން؛
  • ކާރބަން މަދު އިޤްތިޞާދަކަށް މަގުފަހި ކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި އަދި ޕްރޮގްރާމްތައް ހިންގުމުގައި ޑިޕާރޓްމަންޓުން ކުރާ ފަންނީ މަސައްކަތްތަކުގައި ބައިވެރިވެ މިކަމަށް ބޭނުންވާ ރިޕޯޓްތަކާއި އަދި ދިރާސާތައް ކުރިޔަށް ގެންދިއުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން؛
  • ބައިނަލް އަޤުވާމީ ފެންވަރުގައި ހިންގޭ ތަފާތު ކާރބަން ޓެކްސްގެ ނިޒާމްތައް ދިރާސާކުރުމާއި، މިފަދަ ޓެކްސް ރެޖީމްތަކުގެ ތެރެއިން ރާއްޖެއަށް އެކަށީގެންވާ ނިޒާމްތައް ބެލުމާއި ދިރާސާކުރުމާއި އަދި ތަންފީޒުކުރެވޭނެ ގޮތްތައް ހޯދުމުގައި ޑިޕާރޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން؛
  • މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ސަރުކާރުގެ ސިޔާސަތު ހާމަކުރަންޖެހޭ ޙާއްލަތްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން މިކަންތައްކުރުން؛
  • ކްލައިމެޓް ޗޭންޖާ ގުޅޭދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ޑިޕާރޓްމަންޓަށް އެހީތެރިވުން. ކްލައިމެޓް ޗޭންޖާ ގުޅޭ ދާއިރާއިންކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެއްޓާ ގުޅޭ ދާއިރާތަކުން މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ކްލައިމެޓް ފައިނޭންސިންގއާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ    މިންވަރު.
  6. ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ޝައުޤުވެރިކަން ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 ސެޕްޓެންބަރު 2015 އާއި 15 އޮކްޓޫބަރު 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015