ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ މަސްޖިދުލް އިސްރާގެ ގޯތިތެރޭގައި ހިނަވާގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިއުލާނާ ގުޅިގެން ބީލަން ހުށައެޅުއްވޭނެ ފަރާތްތަކާއި މަސައްކަތުގެ ތަފްސީލު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޖޫން 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްޓަކައި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައި [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މި އިއުލާނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޖޫން 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 ޖުލައި 6 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާގައެވެ.