މަޤާމު
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
ވަޒީފާ އަދާ ކުރަންޖެހޭ ރަށް / އޮފީސް
|
ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕަބްލިކް ހެލްތްގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްހީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން،ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
|
ރޭންކް: MS3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
ވަޒީފާ އަދާ ކުރަންޖެހޭ ރަށް/ އޮފީސް
|
ޅ. އަތޮޅު ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް،
ވ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ހޮސްޕިޓަލާއި އެހޮސްޕިޓަލް ހިމެނޭ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކްލިނިކަލް ޚިދުމަތްތަކާއި ޕްބްލިކް ހެލްތްގެ ޚިދުމަތްތަކާއި މުޖުތަމަޢުގައި ދެވޭ ޞިއްޙީ ޚިދުމަތްތައް ހިނގައި ނުހިނގައިގޮތް ބަލައި މޮނިޓަރ ކުރުމާއި ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ އިދާރީ ހިންގުމާއި އަދި މުވައްޒަފުންނާގުޅޭ އެންމެހާ މަސައްކަތްތައް ބެހެލެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއިން ހިންގުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ޞިއްޙީ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރު އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެwww.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
28 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014439 އެވެ.
|