މަޤާމު
|
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން
|
ބަޖެޓް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ނ. އަތޮޅު ހޮސްޕިޓަލް، ނ.މަނަދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޮންމެ އަހަރަކަށް ލަފާކުރާ ބަޖެޓް އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް ހިމެނޭގޮތަށް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
- މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުންގެ މުސާރައާއި ބަޖެޓްފައިސާ އަދި އެހެހނިހެން ފައިސާގެ ކަންތައްތައް ބެލެހެއްޓުން
- ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ރިޓަޔަރމެންޓް ޕެންޝަނުގެ ތަފުސީލު ތައްޔާރުކުރުމާއި ބެލެހެއްޓުން.
- ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، ޗެކް ހެދުން.
- ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުތަކުގެ ބިލްތައް ޗެކްކޮށް ފައިސާ ދެއްކުން.
- ހޮސްޕިޓަލްގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުން.
- ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުތަކުގެ ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ރިޕޯޓްތައް ބެލެހެއްޓުން.
- ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް އެނަލައިޒްކޮށް ބެލެހެއްޓުން.
- އެހެނިހެން ބިލްތައް ޗެކުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ޗެކުކުރުން.
- މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ހާޒިރުވާ ކޮންމެ ދުވަހަކަށް، ރިސްކް އެލަވަންސްގެ ގޮތުގައި -/25 ރުފިޔާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ނ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 ސެޕްޓެންބަރު 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ނ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން
|
2015 އޮކްޓޫބަރު މަހުގައި ނ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅުާނީ، ރަސްމީ ގަޑީގައި 6560036 ނަންބަރު ފޯނާއެވެ.
|
24 ރަޖަބު 1436 |