ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2015/80
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 10 ސެޕްޓެންބަރު 2015 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމްނަޓުގެ ދަށުން މިއިދާރާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމަށް

ވޭޖް އެމްޕްލޯއިމްނަޓުގެ ދަށުން މިއިދާރާގައި މަސައްކަތްކުރާނެ 02 މުވައްޒަފުން ހޯދުމަށް  ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

02 (ދޭއް)

ބޭނުންވާ އަދަދު

90 ދުވަސް

މަސައްކަތްކުރާ ކޮންމެ ދުވަހަކު، ގަޑިއިރަކަށް -/25 (ފަންސަވީސް) ރުފިޔާ

މުއްދަތު

އުޖޫރަ

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ

އޮފީސް/ އިދާރާ

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ ޢިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ ތަޢުލީމް ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން
ޝަރުޠު
  • އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ކަމާގުޅުންހުރި ޞައްޙަ މަޢުލޫމާތު ފޯރުކޯށްދެވޭނެ ފަރާތްތަކަށް ފޯންކޯލްތައް ޕާސްކުރުން
  • ޖަވާބު ދޭންޖެހޭ ސިޓީ/ މެސެޖް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި އެކިއެކި ފަރާތްތަކަށް ފޮނުވަން ޖެހޭ ސިޓީ މެސެޖް ރިޕޯޓުފަދަ ތަކެތި ފޮނުވުން
  • އޮފީހަށް އަންނަ މެހުމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތްތަކާ ފަސޭހައިން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުން
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން

ކުރަންޖެހޭ މަސައްކަތް

  1. މަޤާމަށްއެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ (އެކްރެޑިޓްކުރަން ޖެހޭނަމަ އެކްރެޑިޓް ކޮށްފައިވާ) ކޮޕީއާއި  އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް

މިއިޢުލާނާއި ގުޅިގެން ސިޓީފޮނުވާނީ 2015 ސެޕްޓެންމްބަރު 10 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލުދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. އީމެއިލް ނުވަތަ ފެކްސްގެ ޒަރީއާއިން ފޮނުވާ ސިޓީތައްވެސް ޤަބޫލުކުރެވޭނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. ފެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި 

18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015