ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/148
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި:
17 ޖޫން 2025 23:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖޫން 16 އިން 17 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގައި ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖޫން 16 އިން 17 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ކ. ތަނބުރުދޫ އަދި ކ. ގިރިފުށީގެ ވަށައިގެން 300 މީޓަރ ދުރުމިނަށެވެ. އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ޖޫން 2025