ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު އިޢުލާން IUL)22-D/1/2015/272) (ތާރީޚު:09 އޮގަސްޓް 2015) އިޢުލާންގައިވާ 3 މަޤާމުގެ ތެރެއިން ޝަރުޠު ހަމަވާ ދެ ފަރާތް ހޮވިފައިވާތީ، އެއިއުލާންގައިވާ 2 ކޮންޓްރެޓް މަޤާމު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ
މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް 3 މަސްދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ 3 މީހުން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއެއްގެއިރަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑި (ހެނދުނު 08:00 ން މެންދުރުފަހު 15:00) ގައެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:
މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓުގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލިބިފައިވުން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 17-30 ސެޕްޓެންބަރު 2015 (ވެލާނާގެ 8 ވަނަ ފަންގިފިލާ) ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 16 ވަނަ ދުވަހުގެ 14:30 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ފަރުވާ ބަހައްޓައިގެން މަސައްކަތްތައް ކުރާނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
މަސައްކަތްތައް ފަރުވާ ބަހައްޓައިގެން ކުރާނަމަ ކޮންޓްރެކްޓް މުއްދަތު އިތުުރުކުރެވޭނެކަމުގައި ދެންނެވީމެވެ.
23 ޛުލްޤަޢިދާ 1436