ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RRG-HR/1/2015/4
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 13 ސެޕްޓެންބަރު 2015 14:00
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެ

މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭ)

އަސާސީ މުސާރަ: -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1,500 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުން އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސ' ގްރޭޑް ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން.

މަޤާމު: ފަޅުވެރި

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/3100 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

ލިވިންގ އެލަވަންސް: -/2500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިއެއްގެ މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

މިމަޤާމުތަކަށް މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މިމަޤާމަށް ޝައުޤުވެރި ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.

  • ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށައަޅާ ފޯމު
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)
  • ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން
  • ޕޮލިސް ރިޕޯޓު

ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާތައަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 13 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015