ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS24/IUL/2015/25
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 10 ސެޕްޓެންބަރު 2015 10:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒަށް ލައިބްރަރީ ފޮތް ގަންނަށް ބޭނުންވެއެވެ.

ގަތުމަށް ބޭނުންވާ ތަކެތި:

މި މަރުކަޒަށް ލައިބްރަރީ ފޮތް ގަންނަށް ބޭނުންވެއެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސުކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7952914 ނަންބަރު ފޯނަށެވެ.  

މި މަރުކަޒުގެ ނަންބަރު GS24/IUL/2015/24 (ތާރީޚު: 27 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ނުވާތީ، އެއިޢުލާން ބާތިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

10 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ސުކޫލު އޮފީހުގައި

17 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ސުކޫލު އޮފީހުގައި

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015