ދިވެހިރާއްޖެ
މި ބިއުރޯއަށް ބޭނުންވާ ހިއުމަން ރިސޯސް ސޮލިއުޝަން ސޮފްޓްވެއަރ ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL) 457-AIT/1/2015/11) (ތާރީޚު: 13 އޮގަސްޓު 2015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބިއުރޯއަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
- ހިއުމަން ރިސޯސް ސޮލިއުޝަން ސޮފްޓްވެއަރ
- 4 އެކްސެސް ކޮންޓްރޯ / އެޓެންޑަންސް ޑިވައިސް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގުހުށަހެޅުންވުން އެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމާގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397،3349404 3349405 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޛުލްޤަޢިދާ 1436