ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2015/32
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 10 ސެޕްޓެންބަރު 2015 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ޑިރެކްޓަރ

(ކޮންޓްރެކްޓް އުސޫލުން 10 މަސްދުވަހަށް)

01

މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 09 ވަނަ  ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލާރޒް ޑިގްރީ ނުވަތަ  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ ކޮމިޝަންގެ ސީނިއަރ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން

ހެނދުނު 8.00 އިން މެންދުރުފަހު 15.00  އަށް،

 

މަހަކު

-/ 13650

ރުފިޔާ

  • ކޮމިޝަނުގެއިދާރީ މަސައްކަތްތަކާއި ޕްރޮކިއުމަންޓްގެ މަސައްކަތާއި ހިއުމަން ރިސޯސަސްގެ މަސައްކަތާއި  ފައިސާއާ ގުޅުންހުރި މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.
  • ކޮމިޝަނުގެ އިމާރާތްތަކާއި ތަކެތި މަރާމާތުކުރުމާއި ކޮމިޝަންގެ އިދާރާ ހިންގުމަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ހޯދުމުގައި އެ މުސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުން.
  • މުވައްޒަފުން ވެއްދުމާއި، ބަދަލުކުރުމާއި ވަކި ކުރުމަށް ކޮމިޝަނަނުން އަންގަވާ ގޮތެއްގެ މަތީން ކުރަންޖެހޭ މަސައްކަތް ރާވާ ހިންގުން
  • ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ޤަވައިދުގެ ދަށުން ކޮމިޝަންގެ މާލީ ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން  މާލީ ކަންތައްތައް ބެލެހެއްޓުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި: 10 ސެޕްޓެންބަރު 2015 ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ފޯމު އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173، 3003143 ނަންބަރުގެ ފޯނަށެވެ. 

18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015