ދިވެހިރާއްޖެ
ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި ޢިމާރާތް ކުރަން ފަށާފައިވާ އައު ''ބަނދަރުހިޔާ'' ގައި ނުނިމި ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ: (IUL)289/289/2025/31 (25 މެއި 2025) ގެ އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަމުގެ ޑޮކިއުމަންޓްސް ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މިމަސައްކަތަށް ބޭނުންވާ (ބައެއް ތަކެތި) މިއިދާރާއިން ދިނުމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށްފަހު، 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމާއެކު ރަޖިސްޓްރޭޝަންފީ -/500 (ފަސްސަތޭކަ) ރުފިޔާ، މިއިދާރާގެ ނަމްބަރު 7720700408001 ގެ އެކައުންޓަށް ޖަމާކުރައްވާ، ފައިސާ ދެއްކި ކަމުގެ ސްލިޕް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށްއެދި ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ރަޖިސްޓްރޭޝަންފީ ނުދައްކާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.