ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2025/129
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:25
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ދޫކުރުމާއި ވިއްކުމުގެ އުޞޫލު ޢާއްމުކުރުން

އިޢުލާނު

      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2010/7) ގެ ދަށުން ބާރުލިބިގެން އެކުލަވައި ލާފައިވާ "ތުޅާދޫގެ އިޙްތިޞާސް ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާ ވެލި ދޫކުރުމާއި ވިއްކުމުގެ އުޞޫލް" މި އިޢުލާނާ އެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

      މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

12 ޖޫން 2025