މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/239
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 14 ސެޕްޓެންބަރު 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންސިނެރޭޓަރތަކެއް ހެދުމަށް

މިނިސްޓްރީ އޮފް ހެލްތުން ދޭ ކުރެހުމަކާ އެއްގޮތަށް އިންސިނެރޭޓަރތަކެއް ހެދުމަށް މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/134)ފ(04 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ކަމުގައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތުން ދޭ ކުރެހުމަކާ އެއްގޮތަށް އިންސިނެރޭޓަރތަކެއް ހެދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015