ދިވެހިރާއްޖެ
އިޢުލާނު
|
|
|||||||||||||
މަޤާމު: |
ކޮމިއުނިޓީ ހެލްތު އޮފިސަރ |
|||||||||||||
މަޤާމުގެ ނަންބަރު: |
J-414129 |
|||||||||||||
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
|||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||
މަޤާމުގެ ރޭންކު: |
PSR5 ( step 1) |
|||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
- |
|||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ވ. ތިނަދޫ ޞިއްޙީމަރުކަޒު |
|||||||||||||
މުސާރަ: |
-/10،064 ރުފިޔާ |
|||||||||||||
މަޤާމުގެ އެލަވަންސް |
-/4،696 ރުފިޔާ |
|||||||||||||
ޙާޒިރީ އެލްވަނސް |
-/127 ރުފިޔާ ( ޙާޒިރުވާ ދުވަހަކަށް) |
|||||||||||||
އެހެނިހެން އެލަވަންސް: |
|
|||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކުޑަކުދިންނާއި މާބަނޑުމީހުން އަދި މިނޫންވެސް މުޖުތަމައުގެ ނާޒުކު ގްރޫޕްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ޞިއްޙަތު ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން. 2. މާބަނޑު މީހުން، ޅަދަރިމައިން، ކުޑަކުދިން، ފުރާވަރަށް އަރަމުން އަންނަ ކުދިން، އަދި ދުވަސްވީ މީހުންގެ ހާއްސަ ޞިއްޙީ ހާލަތްތަކާބެހޭ ގޮތުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކާއި އެމީހުން ބަލަހައްޓާ އެހީތެރިވެދޭ މީހުންނަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުވުން. 3. ފައިދާހުރި ކާނާއާއި، ސާފުތާހިރުކަމާއި، ވެކްސިން ދިނުމާއި، ރައްކާތެރި މައިވަންތަކަމާއި ޢާއިލާ ރޭވުމާއި، އާންމު ބަލިތަކުން ރައްކާތެރިވުމާއި، ވިހަވުމުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އާންމުބަލިތަކަށް ފަރުވާ ކުރުމާއި ފުރަތަމަ އެހީ ދިނުމާއި، މަސްތުވާތަކެއްޗާއި، ގެވެށި އަނިޔާތަކާބެހޭ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، އެހެން ޞިއްޙީ ކަންކަމާބެހޭގޮތުން އާންމުންނާއި ޢާއިލާތަކަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. 4. ދިރޭތަކެއްޗާއި ކެމިކަލާއި ރޭޑިއޭޝަން ފަދަ ތަކެތިން އާންމު ޞިއްޙަތަށް ނުރައްކާވާ ކަންތައްތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން. 5. ޓީބީ، ލެޕްރެސީ، މެލޭރިއާ ފަދަ އާންމު ޞިއްޙަތަށް ނުރައްކާވާ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބަލިމީހުންނަށް ޒިޔާރަތްކޮށް ބޭސްދީ އެބޭސް ބޭނުންކުރުމާބެހޭގޮތުން ޢާއިލާއާއި އާންމުންނަށް އިރުޝާދުދީ އެކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން. 6. ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އާންމުކޮށް ޒިޔާރަތް ނުކުރާ މުޖުތަމަޢުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށް އެޗް.އައި.ވީ އާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތައް މެނޭޖްކުރުމާބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތްތަކުގައި އެހީތެރިވުން. 7. އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަނާއި ބައިނަލްއަޤްވާމީ ޞިއްޙަތާ ގުޅޭ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން ކުރަންޖެހޭ އާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން. 8. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާއި ގުޅުންހުރި ސިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވާ ހިންގުން. 9. އެރަށެއްގެ އަދި އެ އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާ އާއި ގުޅިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ރާވާ ހިންގުން 10. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށްއެކްސްޕޯރޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން. 11. ޞިއްޙީމަރުކަޒުންހިންގާ ހެލްތު ޕުރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވުން 12. ޙާއްސަ ދުވަސްތައް ފާހަގަކުރުމުގެގޮތުން މަރުކަޒުގެފަރާތުން ހިންގާހަރަކާތްތަކުގަ ޢަމަލީގޮތުންބައިވެރިވުން.. 13. މީގެއިތުރުން އެހެންމުވައްޒަފުންގެ މަސައްކަތުގައިއެހީތެރިވުމާއި ޞިއްޙީމަރުކަޒުން އަންގާ ކަންތައްތައްކުރުން. 14. ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
|
|||||||||||||
މަޤާމުގެ ޝަރުޠުތައް: |
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ޤަބޫލުކުރާ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. |
|||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް
ގުޅޭ ވަޒީފާގެ ދާއިރާތައް
|
||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". 7. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ
|
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔުންތަކާއެކު ފޯމް 19 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވ. އަތޮޅު ހޮސްޕިޓަލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
|||||||||||||
ޝޯޓްލިސްޓުކުރުން:
|
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ، ޕްރެކްޓިކަލް އޮންނާނީ 1 ޖުލައި 2025 އާއި 8 ޖުލައި 2025 އާ ދެމެދު ވ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް )A2 ފޯމު(" ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ |
|||||||||||||
އިތުރު މައުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700691 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |