މަޤާމު
|
ޑިރެކްޓަރ ޖެނެރަލް
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް
|
ރޭންކް:EX 5
|
މުސާރަ
|
މަހަކު -/13,890 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކޯޕޮރޭޓިވް އެފެއާރޒް
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕެރޭޓު އެފެއަރޒް ޑިވިޜަނުގެ ދަށުން ހިނގާ ހުރިހާ ސެކްޝަންތަކެއްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ލަފާއާއި މަޝްވަރާދިނުން.
- ކޯޕެރޭޓު އެފެއަރޒް ޑިވިޜަނުގެ ދަށުން ހިނގާ ބަޖެޓުސެކްޝަނުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، މަސައްކަތްތަކުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްކޮށް ހިންގާ ބެލެހެއްޓުން.
- ކޯޕެރޭޓު އެފެއަރޒް ޑިވިޜަނުގެ ދަށުން ހިނގާ އެޑްމިނިސްޓްރޭޓިވް ސެކްޝަނުގެ އެންމެހާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، އޮފީސް ހިންގުމާއި، ހިންގުމަށް ހޯދަންޖެހޭ އެންމެހާ ތަކެތެތި ހޯދުމާއި ބެލެހެއްޓުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްކޮށް ހިންގާ ބެލެހެއްޓުން.
- ކޯޕެރޭޓު އެފެއަރޒް ޑިވިޜަނުގެ ދަށުން ހިނގާ ހިއުމަންރިސޯސް ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްބޭނުންވާ ލަފާދީ، މަސައްކަތްތައް އިސްކޮށް ހިންގާ ބެލެހެއްޓުން.
- މިނިސްރީގެ، ސިޔާސަތުތަކާއި، ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެ ދިނުމާއި، ބަޖެޓުތައްޔާރު ކުރުމުގައި އިސްކޮށް މަސައްކަތްކުރުން.
- ކޯޕެރޭޓް އެފެއަރޒްގެ މަސައްކަތްތައް އެހެންސެކްޝަންތަކާ ވިލަރެސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުމާއ، މިނިސްޓްރީ ތަމްސީލުކުރުމުގެ ގޮތުން އެކިއެކި ބައްދަލުންތަކުގައި ބައިވެރިވުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
- ސިވިސް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
|
މަޤާމު
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
ރޭންކް:EX 1
|
މުސާރަ
|
މަހަކު -/8835
|
ސަރވިސް އެލަވަންސް
|
މަހަކު -/2000
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކޭސް މެނޭޖްމަންޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ރާވާ ހިންގައި ބެލެހެއްޓުން.
- މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިނަށް އަންނަ ކޯލްތަކަށް އެޓެންޑްކުރުމާއި، ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުން.
- މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ކަންކަން ރާވާ ހިންގުން.
- ކާރިސާ ނުވަތަ ކުއްލި ޙާދިސާތަކާއި ގުޅިގެން ގެއްލުން ލިބޭ ފަރާތްތަކަށާއި، ޢާއިލާތަކަށާއި މުޖްތަމަޢަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ރާވާ ހިންގުން.
- މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓާ ގުޅޭ މަސައްކަތްތައް ސުޕަރވައިޒްކުރުން.
- ކުޑަކުދިންގެ ހިޔާއާއި، ތަޢުލީމާއި މަސައްކަތްއުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ތިބޭ ކުދިންގެ ކައުންސެލިންގ އާއި، ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ސުޕަރވައިޒްކޮށް ބެލެހެއްޓުން
- މިނިސްޓްރީ އަށާއި، އަތޮޅުތަކުގެ ސެންޓަރ ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކުރުން.
- ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ އެއްގޮތަށް ޢަމަލުކުރުން
- ސެކްޝަނުގެ މުވައްޒަފުންގެ ޕަފޯމަންސް އެޕްރައިސަލް ހެދުމުގެ މަސައްކަތްތައް ކުރުން
|
މަޤާމު
|
އެސިސްޓަންޓް ޑިރެކްޓަރ (އިދާރީ)
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކެޝަން: އެސިސްޓަންޓް ޑިރެކްޓަރ/ ސޏިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:MS3
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ( އެޑްމިން ސެކްޝަން)
|
މުސާރަ
|
މަހަކު -/7035
|
ސަރވިސް އެލަވަންސް
|
މަހަކު -/2000
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހާއި އޮފީހުގެ ދަށުން ހިނގަމުންދާ އެހެނިހެން ތަންތަނުގެ މަރާމާތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
- އޮފީހުގެ ފަރާތުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަމާބެހޭ ބޭފުޅުންނާ ވިލަރެސްކޮށް، ދަތުރުތަކުގެ އިންތިޒާމުތައް ރާވާ ބެލެހެއްޓުން.
- އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު އެއްކުރުމާއި، އެކަމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވުމާއި އެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނަށް ބޭނުންވާ މެޝިނަރީޒް، ފަރުނީޗަރ، ހިފާގެންގުޅޭ އަދި މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުގެ މެޝިނަރީޒް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތު ކުރުވައި އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތްތައް ބެލެހެއްޓުން.
- މިނިސްޓްރީގެ އިންވެންޓްރީ ނަގައި ބެލެހެއްޓުން.
|
މަޤާމު
|
ސީނިއަރ އެކައުންޓްސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކެޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- ބަޖެޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފައިނޭންސްގެެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
|
ކުރަންޖެހޭ މައިގަޑު މަސައްކަތް
|
- އަހަރީ ބަޖެޓު ތައްޔާރުކޮށް ފޮނުވުމުގެ އެންމެހާ މަސަކަތްތައް ހިންގާ ބެލެހެއްޓުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގެ މާލީ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ ކޭޝް ފްލޯގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މިނިސްޓްރީގެ ބަޖެޓުން މުސާރ ދޭންޖެހޭ މުވައްޒަފުންގެ މުސާރަ ދިނުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
- ބަޖެޓުގެ އެކައުންޓް ތަކުން( ބޭރުގެ އެހިގައި ލިބޭ ފަންޑުތަކުގެ ބަޖެޓް އެކައުންޓް ތަކާއެކު) ކުރެވޭ ޚަރަދުތައް މޮނިޓަރކޮށް މަންތްލީ ރިޕޯޓު ތައްޔާރުކުރުމާއި ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުގެ މަސަކަތްތައް ބެލެހެއްޓުން.
- ބަޖެޓުޕްލޭން ތައްޔާރުކޮށް ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހަ މަސައްކަތްތއް ހިންގާ ބެލެހެއްޓުން،
- ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާއިން ހިންގާ ޕްރޮގްރާމްތައް އެކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ޚަރަދު ކުރުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން. އަދި އ.ދ ގެ ޖަމިއްޔާ/ޖަމާޢަތްތަކުން އެފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުމާއި އެފަދަ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި އެކަމާގުޅުންހުރި މަޢުލޫމާތުތައް ޙިއްސާ ކުރުން.
- މިނިސްޓްރީ އަށް ލިބޭ އަހަރީ ބަޖެޓުގެ އެނަލިސިސް އެއް ކޮންމެ ތިންމަހަކުންއެއްފަހަރު ހެދުން.
- ސެކްޝަންގެ އެކްޝަން ޕްލޭންތައްޔާރުކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ސްޕަރވައިޒް ކުރަންޖެހޭ މަސައްކަތްތައް ސްޕަރވައިޒްކުރުމާއި އެޕްރައިސަލް ހެދުމާއި، އަދި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:MS2
|
މުސާރަ
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޔުނިސެފްފަދަ ބައިނަލް އަޤުވާމީ ޖަމާއަތްތަކާއެކު މިނިސްޓްރީން ހަދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅުންހުރި އެއްބަސްވުމުގެ ދަށުން އެކުލަވާލާ ވާރކްޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
- މެންޑޭޓްގެ ދަށުން ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، ކުޑަކުދިންނާއި، އަންހެނުން، ޢާއިލާތަކާއި، އުމުރުންދުވަސްވީ މީހުންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އަތޮޅުތަކަށް ޒިޔާރަތްކުރުން އަދި ދަތުރު ރިޕޯޓު ތައްޔާރުކުރުން. އަދި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ޕޭރަންޓް އެޑިޔުކޭޝަން ވާރކްޝޮޕްތައް ރާވާ ހިންގުމުގައި އެހީތެރިވެ ދިނުން.
- އެކްޝަން ޕްލޭންގައި ހުރި މަސައްކަތައް ރިޕޯޓުކުރުމާއި ރިވިއުކުރުން
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތް ރާވާ ހިންގުން
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:MS2
|
މުސާރަ
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެލްޑަރލީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސޯޝަލްސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޔުނިސެފް، ޑަބްލިޔު.އެޗް.އޯ ފަދައެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވާރކް ޕްލޭން އެކުލަވާލުމުގައި ޑިވިޝަންގެ ފަރާތުން ޙަރަކާތްތެރިވެ، ނިންމޭ ކަންކަން ތަންފީޒުކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްކުރުން
- އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ލީފްލެޓް، ޕޯސްޓަރ އަދި މިނޫންވެސް މިފަދަ މައުލޫމާތު ހިމެނޭ މެޓީރިއަލްސް ތައްޔާރުކޮށް އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ ތަކަށް ފޮނުވުމުގައި އެހީތެރިވެ ދިނުން.
- އުމުރުންދުވަސްވީ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުމުގައި އެހީތެރިވުން އަދި ރިޕޯޓު ތައްޔާރު ކުރުން
- މަސައްކަތު ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމްފަދަ ކަންކަމަށް ޑިވިޝަނުން ހުށަހަޅާ މަޢުލޫމާތު ކަރުދާސް އަދި ޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން
- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
- އުމުރުން ދުވަސްވީ މީހުންނަށް ހެދިފައިހުރި ދިރާސާތަކުގެ މައުލޫމާތު އެއްކުރުން.
- މި މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ބައިނަލްއަގްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވެ ދިނުން
- ކޮންމެ އަހަރަކުވެސް ޑިވިޝަންގެ ވޯރކްޕްލޭން އެކުލަވާލުމާއި ބަޖެޓް ތައްޔާރު ކުރުމުގައި އެހީތެރިވުން
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕޮލިސީ، ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިންސާނީ ޙައްޤުތަކާގެޅޭ ސިޔާސަތުތަކާއި، ކެބިނެޓް ކަރުދާސްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ތައްޔާރުކޮށް، ވިލަރެސްކުރުމުގައި އެހީތެރިވުން. އަދި ކެބިނެޓްގެ ނިންމުންތައް ކަމާބެހޭ ދާއިރާތަކާ ހިއްސާކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލާ ކަމަބެހޭ ދާއިރާތަކާއެކު ވިލަރެސް ކުރުމުގައި އެހީތެރިވުން.
- ސިޔާސަތުތައް ކަނޑައެޅުމުގައި، ޤައުމީ/ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންނާއެކު މަސައްކަތްކުރުން.
- އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑުތައް ކަނޑައެޅުމާއި އެތަންތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދެނެގަނެ އެއްމިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
- އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމާއި ޚިދުމަތުގެ ފެންވަރު ބެލުމާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެމިންގަނޑުތަކަށް ފެތޭތޯ ބަލައި، ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިވަޅުތައްއެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިޖުތިމާޢީ ޙިދުމަތްދޭ މަރުކަޒުތަކުގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި ފީޑްބެކް ދިނުމާއި، މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުން.
- މިނިސްޓްރީގެ އެހެން ސެކްޝަންތަކާ ގުޅިގެން ދާއިރާގައި ހިންގަންޖެހޭ ހޭލުންތެރިކުރުމުގެ ހުރިހާ ޕްރޮގަރާމްތަކެއް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގައި އެހީތެރިވުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
އިންޓަރނަލް އޮޑިޓަރ
|
ބޭނުންވާ އަދަދު
|
02
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕޮލިސީ، ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިންސާނީ ޙައްޤުތަކާގެޅޭ ސިޔާސަތުތަކާއި، ކެބިނެޓް ކަރުދާސްތައް ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ތައްޔާރުކޮށް، ވިލަރެސްކުރުމުގައި އެހީތެރިވުން. އަދި ކެބިނެޓްގެ ނިންމުންތައް ކަމާބެހޭ ދާއިރާތަކާ ހިއްސާކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ކުދިން ބައިތިއްބާ މަރުކަޒުތަކުގެ ސިޔާސަތުތަކާއި އެތަންތަނަށް މީހުން ނެގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލާ ކަމަބެހޭ ދާއިރާތަކާ އެކު ވިލަރެސް ކުރުމުގައި އެހީތެރިވުން.
- ސިޔާސަތުތައް ކަނޑައެޅުމުގައި، ޤައުމީ/ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންނާއެކު މަސައްކަތްކުރުން.
- އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނުގެ މިންގަނޑުތައް ކަނޑައެޅުމާއި އެތަންތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދެނެގަނެ އެއްމިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
- އިޖުތިމާޢީ ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމާއި ޚިދުމަތުގެ ފެންވަރު ބެލުމާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެމިންގަނޑުތަކަށް ފެތޭތޯ ބަލައި، ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިވަޅުތައްއެޅުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިޖުތިމާޢީ ޙިދުމަތްދޭ މަރުކަޒުތަކުގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި ފީޑްބެކް ދިނުމާއި، މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުން.
- މިނިސްޓްރީގެ އެހެން ސެކްޝަންތަކާ ގުޅިގެން ދާއިރާގައި ހިންގަންޖެހޭ ހޭލުންތެރިކުރުމުގެ ހުރިހާ ޕްރޮގަރާމްތަކެއް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގައި އެހީތެރިވުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ކައުންސެލަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން:ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިިލުކޮށްފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުނހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހުށަހެޅޭ ހުރިހާ މައްސަލައެއް ސެކްޝަންގެ ޑިއުޓީއިން ބަލައިގަނެ، މައްސަލައިގާ ޢަމަލު ކުރަންޖެހޭ ގޮތް ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދައި ޑިއުޓީގެ މައްސަލަތައް ރިވިއުކޮށް މައްސަލައިގާ ޢަމަލުކުރާނޭގޮތް ނިންމުމަށް ސުޕަރވައިޒަރއަށް ހުށައެޅުން. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރާނީ މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް.
- މައްސަލަތައް ސުޕަރވައިޒަރަކު ރިވިއުކުރުމުން، އެމައްސަލަތަކުގައި ޑިއުޓީއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންނަށް މަސައްކަތްކުރަން ހަވާލުކުރުމަށް ނިންމާފައިވާ މައްސަލަތައް ކޭސް އެލޮކޭޝަން ބައްދަލުވުމަށް ގެންދިއުމާއި މައްސަލަތައް މުވައްޒަފުންނާއި ހަވާލުކުރެވުމުން، މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް ޑޭޓާބޭސް އިން އަޕްޑޭޓްކޮށް އެމުވައްޒަފުންނާއި ފައިލް ހަވާލުކުރުން.
- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސީރިއަސް ނުވަތަ ކުއްލިހާލަތެއް ކުރިމަތިވާ މައްސަލަތަކުގައި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި އެފަރާތުގެ ލަފާގެމަތިން، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން މައްސަލާގައި ހާނިއްކަ ލިބުނު ފަރާތަށް، އަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
- ހުށަހެޅޭ މައްސަލަތައް ޑޭޓާބޭސްއަށް އެންޓަރކޮށް، ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޑޭޓާބޭސް އިން ބޭނުންވާ މަޢުލޫމާތުތައް ހޯދައި ތައްޔާރުކުރުމުގެ މަސައްކަތް ކުރުން
- އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
- ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުން.
- ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަންއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޔައުމިއްޔާ މަސައްކަތް ކުރުން
- މިނިސްޓްރީގެ ދަށުން ބަލަހަންޓަމުންގެންދާ، ކުޑަކުދިންގެ ހިޔާ އާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
|
މަޤާމު
|
ކައުންސެލަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް: MS2
|
މުސާރަ
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސޯޝަލްސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހުށަހެޅޭ ހުރިހާ މައްސަލައެއް ސެކްޝަންގެ ޑިއުޓީއިން ބަލައިގަނެ، މައްސަލައިގާ ޢަމަލު ކުރަންޖެހޭ ގޮތް ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދައި ޑިއުޓީގެ މައްސަލަތައް ރިވިއުކޮށް މައްސަލައިގާ ޢަމަލުކުރާނޭގޮތް ނިންމުމަށް ސުޕަރވައިޒަރއަށް ހުށައެޅުން. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރާނީ މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް.
- މައްސަލަތައް ސުޕަރވައިޒަރަކު ރިވިއުކުރުމުން، އެމައްސަލަތަކުގައި ޑިއުޓީއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންނަށް މަސައްކަތްކުރަން ހަވާލުކުރުމަށް ނިންމާފައިވާ މައްސަލަތައް ކޭސް އެލޮކޭޝަން ބައްދަލުވުމަށް ގެންދިއުމާއި މައްސަލަތައް މުވައްޒަފުންނާއި ހަވާލުކުރެވުމުން، މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް ޑޭޓާބޭސް އިން އަޕްޑޭޓްކޮށް އެމުވައްޒަފުންނާއި ފައިލް ހަވާލުކުރުން.
- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސީރިއަސް ނުވަތަ ކުއްލިހާލަތެއް ކުރިމަތިވާ މައްސަލަތަކުގައި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި އެފަރާތުގެ ލަފާގެމަތިން، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން މައްސަލާގައި ހާނިއްކަ ލިބުނު ފަރާތަށް، އަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
- ހުށަހެޅޭ މައްސަލަތައް ޑޭޓާބޭސްއަށް އެންޓަރކޮށް، ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޑޭޓާބޭސް އިން ބޭނުންވާ މަޢުލޫމާތުތައް ހޯދައި ތައްޔާރުކުރުމުގެ މަސައްކަތް ކުރުން
- އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
- ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުން.
- ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަންއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޔައުމިއްޔާ މަސައްކަތް ކުރުން
- މިނިސްޓްރީގެ ދަށުން ބަލަހަންޓަމުންގެންދާ، ކުޑަކުދިންގެ ހިޔާ އާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
ސޯޝަލް ސަރވިސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން:ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ /ހިއުމަން ރައިޓްސް ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިިލުކޮށްފައިވުން. ނުވަތަ
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުނހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓު" ތައް ތައްޔާރު ކުރުމާއި އެރިޕޯރޓުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި އެހީތެރިވުން.
- ދިވެހިރާއްޖޭން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ ޑިކްލަރޭޝަންސް/ރިޒޮލިއުޝަންސް އަދި ޕްލޭން އޮފް އެކްޝަންތައް، ތަންފީޒު ކުރެވެމުންދާ މިންވަރު ބަލާ، މޮނިޓަރކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯރޓު ތައްޔާރުކުރުން.
- ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާ، ޑިކްލަރޭޝަން، ރިޒޮލިއުޝަންތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، މިފަދަ ބައްދަލުވުންތަކާގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލް އަޤްވާމީ އަދި ސަރަޙައްދީ މުޢާޙަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވެފައިވާ މުޢާޙަދާތަކާއި އެއްބަސްވުންތައް ރާއްޖެއިން ތަޞްދީޤު ކުރުމާގުޅޭގޮތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ސަރުކާރަށްދޭ ލަފައާއި، މަޝްވަރާއާއި، ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- އިންސާނީޙައްޤުތަކާ ގުޅިގެން ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ، ޑިކްލަރޭޝަން، ރިޒޮލިއުޝަންތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގާ ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤު ތަކާބެހޭ މުޢާޙަދާތައް އެކުލަވާ ލުމުގައި ސަރުކާރުން، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީއުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަންރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ބައިނަލް އަޤްވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށްދޭ ލަފައާއި މަޝްވަރާއާއި ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
- މިނިސްޓްރީގެ ބަޖެޓްގައި ހިމެނުމަށް ސެކްޝަނުގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ހަވާލުކުރުމާއި ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
- ސެކްޝަނުން ހިންގާ މައިގަނޑު ޕްރޮގްރާމްތަކާއި/ޙަރަކާތްތައް ނިމުމުން ރިޕޯޓު ތައްޔާރުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
އެސިސްޓަންޓް އެކައުންޓް އޮފިސަރ (ވަގުތީ) (1 އަހަރުދުވަހަށް)
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:GS 4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް މުސާރަޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރަ ދިނުމުގެ ކަންތައް ނިންމުން.
- ސަރުކާރުގެ ދަތުރުތަކުގައި ދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.
- ޕޭމަންޓް ވައުޗަރ ހެދުމަށް ބޭނުންވާ ސަޕޯޓިންގ ޑޮކިއުމެންޓްތައް ބިލާއެކު ހަމައަށް ހުރިތޯ ޗެކްކުރުން.
- ޑޮކިއުމެންޓްތައް ހަމަވުމުން ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސިސްޓަމަށް އަޅާ އެޓޭޗްކޮށް ޕޯސްޓްކުރަން ހުށަހެޅުން.
- ޕޭމަންޓް ވައުޗަރ ތަކުގެ ރަޖިސްޓަރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކޮށް ފޮނުވާ ޕޭމަންޓް ވައުޗަރތައް ސިސްޓަމަށް އަޅާ އެޓޭޗްކޮށް ޕޯސްޓްކުރުމަށް ހުށަހެޅުން.
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފައިސާ ދެއްކުމަށްޓަކައި ފޮނުވާ ޕޭމަންޓް ވައުޗަރތަކަށް ފައިސާ ދައްކާތޯ ޗެކްކުރުން.
- ބަޖެޓުން ކުރެވޭ ޚަރަދުތަކުގެ ރިޕޯޓު މަހުން މަހަށް ތައްޔާރުކޮށް (އެފް އެމް ރިޕޯޓާ އެއްގޮތަށް ރިކޮންސައިލްކޮށް) ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ސެކްޓަރގެ އެކިއެކި ބޭނުންތަކުގައި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމާއި، އެފަދަ ފައިސާގެ ހިސާބުތަކާއި، ލިޔުންތައް ބެލެހެއްޓުން.
- އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، މާލީހިސާބުތައް ތައްޔާރު ކުރުމުގައި ބޭނުންވާ ލިއުންތައް ތައްޔާރުކޮށް މި މަސައްކަތުގައި ޢަމަލީގޮތުން އެހީތެރިކަން ދިނުން.
- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓު އޮފިސަރ ގރ.1
|
ރޭންކް: GS 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެޑްމިން ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު ،އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި'ދިވެހި'މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެކި އެކި ބައްދަލުވުންތައ ހަމަޖައްސައި ރޭވުން
- ސެކްޝަނަށް އަންނަ އެންމެހައި ލިޔެ ކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ބެލެހެއްޓުމައި، ލިޔެކިޔުންތަށް ފޮނުވަން ޖެހޭތަންތަނަށް ފޮނުވުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެ ކިޔުންތަށް ފައިލް ކޮށް ބެލެހެއްޓުން.
- ސެކްޝަނަށް އަންނަ ލިޔެ ކިޔުންތަށް ކަމާބެހޭ ބޭފުޅުންނަށް ރައްދުކޮށްދީ ،އެބޭފުޅުންގެ އިރުޝާދުގެ ދަށުން ޖަވާބްދާރީ ވުމަށް އެހީތެރިވުން.
- ސެކްޝަނުން ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ދަންނަވާ، ބައްދަލުވުންތައް އިންތިޒާމް ކުރުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން .
- މީޑިއާތަކަށް ދޭންޖެޙޭ ޚަބަރާއި މައުލޫމާތު މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ޑިވިޝަން ތަކުން ހޯދާ ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން .
- ސަރުކާރުގެ މައުލޫމާތުތައް ހާމަކުރުމުގެ ގަވާއިދުގެ ދަށުން އާންމުނަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓު އޮފިސަރ ގރ.1
|
ރޭންކް: GS 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑިވިޝަންއަށް އަންނަ މަސައްލަތައް ބަލައިގަނެ އެންޓްރީކޮށް މުވައްޒަފުންނާ ހަވާލުކުރުން
- ޑިވިޝަންގެ ދުވަހު ޔައުމިއްޔާ ކޮންމެ ދުވަހަކު ލިޔެ، ފުރިހަމަކޮށްފައި ބެހެއްޓުން
- ޑިވިޝަނަށް ބޭނުންވާ ތަކެތި ހޯދުން
- ޑިވިޝަންގެ މުވައްޒަފުންގެ އިތުރުގަޑި ތައްޔާރުކުރުން
- އެކިއެކި މަސައްކަތްތަކުގައި މުޢާމަލާތު ކުރާއިރު ވަކިޖިންސަކަށް ވަކި ގިންތިއަކަށް ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެ މަތިން މަސައްކަތް ކުރުން
- ޑިވިޝަނަށް ބޭނުންވާ އިދާރީ ފޮތް/ ޓެމްޕްލޭޓް/ ތާވަލްތައް ގަވާއިދުން ހަދާ، އަޕްޑޭޓްކޮށް ބެލެހެއްޓުން
- ޑިވިޝަންގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ފަސޭހައިން ހޯދޭނެ ގޮތަށް ފައިލްކޮށްބެލެހެއްޓުން
- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން
- ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
މަޤާމު
|
އެސިސްޓެންޓް ކައުންސެލަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން:އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:GS4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
- ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރުމަށް ހަދަންޖެހޭ އެސެސްމަންޓް އާއި އެކްޝަންޕްލޭން ތައްޔާރުކޮށް، ޙާލަތުބަލާ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ކަމާބެހޭ ދާއިރާތަކާއެކު މައްސަލަތައް ބަލަމުން ދިއުމާއި މައްސަލަތަކާއި ބެހޭ މަޢުލޫމާތު ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރާނީ މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް.
- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސީރިއަސް ނުވަތަ ކުއްލިހާލަތެއް ކުރިމަތިވާ މައްސަލަތަކުގައި ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި އެފަރާތުގެ ލަފާގެމަތިން، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން މައްސަލާގައި ހާނިއްކަ ލިބުނު ފަރާތަށް، އަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
- އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވެއްޖެ ހިނދެއްގައި ލަފާ ދިނުން.
- ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުން.
- ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަންއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޔައުމިއްޔާ މަސައްކަތް ކުރުން
- މިނިސްޓްރީގެ ދަށުން ބަލަހަންޓަމުންގެންދާ، ކުޑަކުދިންގެ ހިޔާ އާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުން.
- ކުޑަކުދިންނާއި، އަންހެނުން، ޢާއިލާތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން
- މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވުން.
- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން
|
ސުންގަޑި
|
2015 ސެޕްޓެންބަރު 17 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގި ފިލާގައި. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
|