މަސައްކަތް
ނަންބަރު: IUL/A/273/2015/37
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 15 ސެޕްޓެންބަރު 2015 14:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ގޮއިދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

ށ.ގޮއިދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު IUL/A/273/2015/30ފ(24 ޖޫން 2015) އިޢުލާނަށް އެކަށީގެންވާ އަދަދަށް ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން ށ.ގޮއިދޫއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ރައްޔިތުން ޤާއިމުކޮށްފައިވާ ނެޓްވާރކް ބޭނުންކޮށްގެން ދިގުމުއްދަތަކަށް ކޭބަލްޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިކަމަށް ކުރިމަތިލެވޭނީ ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރާ ބާއްވާ ބައްދަލުވުމުގައި ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ހިމެނޭ މަޢުލޫމާތު ޝީޓު އެރުވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015