ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2015/239
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 14 ސެޕްޓެންބަރު 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕާކް ވާޑަންސް (ވަގުތީ)

މިމިނިސްޓްރީއިން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ކުރެވުނު ނަންބަރު: IUL)438/438/2015/155) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ އަދަދު:

3

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/3,875 ރުފިޔާ

އިތުރު އިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000 ރުފިޔާ

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ޤާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 120 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގާ ބަލައި ޗެކްކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ގަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް ރިޕޯޓުކުރުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޢުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ/ ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން އޮކްޓޯބަރ 2015 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ސެޕްޓެންބަރު 14 (ހޯމަ) ދުވަހު 14:00ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް 

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015