މަސައްކަތް
ނަންބަރު: (IUL)PSM/PSM/2015/101
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 10 ސެޕްޓެންބަރު 2015 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މާކެޓިންގ އެންޑް ބްރޭންޑިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމާބެހޭ

ޕަބްލިކް ސާރވިސް މީޑިއާއަށް މާކެޓިންގ އެންޑް ބްރޭންޑިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމާބެހޭ

ތަޢާރުފު

ޕަބްލިކް ސާރވިސް މީޑިއާއިން އަލަށް ތަޢާރުފު ކުރުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީވީ ޗެނަލްގެ ބްރޭންޑިންގ އަދި މާރކެޓިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް / ކުންފުންޏެއް ހޯދަން ބޭނުންވެއެވެ. މިޗެނަލަކީ ރާއްޖޭގެ ޓޫރިޒަމް އަދި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން ދުނިޔޭގެ އެހެން ފަރާތްތަކަށް އިޝްތިހާރު ކުރުމަށް ބޭނުންކުރެވޭނެ ޗެނަލެކެވެ.

ކުރަންޖެހޭ މަސައްކަތް

މިޗެނަލްގެ ބްރޭންޑިންގ އައިޑެންޓިޓީ އަދި އެއާ ގުޅުންހުރި ގައިޑްލައިންތައް ހެދުން

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ ޕަބްލިކް ސާރވިސް މީޑިއާގެ ރޭޑިއޯ ބިލްޑިންގއަށް 15 ސެޕްޓެންބަރު 2015 ވާ ދުވަހުގެ 14:00 އަށެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ މައިގަނޑު ޝަރުޠުތައް

  • ބްރޭންޑިންގ އަދި މާރކެޓިން މަސައްކަތް ކުރިން ކޮށްފައިވުން
  • ބްރޭންޑް އައިޑެންޓިޓީގެ ގައިޑްލައިން ހެދުމާއި ސްޓްރެޓެޖީސް ހެދުމުގެ ތަޖުރިބާ ހުރުން
  • ކުރިން މިކަހަލަ މަސައްކަތް ކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔެކިޔުން ހުރުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 10 ސެޕްޓެންބަރު 2015 ވާ ދުވަހުގެ 14:00 ގައި ޕަބްލިކް ސާރވިސް މީޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

07 ސެޕްޓެންބަރު 2015