ދިވެހިރާއްޖެ
މިމިނިސްޓްރީއިން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޤާއިމު ކުރަމަށް ހަމަޖެހިފައިވާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ ރޭންޖާރސް އަށް ކުރެވުނު ނަންބަރު: IUL)438/438/2015/174) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޤާމު: |
ރޭންޖާރސް |
ބޭނުންވާ އަދަދު: |
2 |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (އައްޑޫ ސިޓީ ހިތަދޫ) |
މުސާރަ: |
ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ -/10,000 ރުފިޔާ އާއި -/13,000 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. |
އަދާކުރަންޖެހޭ މަސްއޫލިއްޔަތު: |
ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛ |
ފެންވަރު ނުވަތަ ޝަރުޠު: |
(ހ) މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލު ކޮށްފައިވުން؛ ނުވަތަ، (ށ) ބިޒްނަސް/ މެނޭޖްމަންޓު/ ކޮމަރސް/ ފިނޭންސް/ ލޯ/ ޕްރޮކިއޮމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުމާއެކު ދާއިރާގައި މަދުވެގެން ދެ (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ (ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. (ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް: |
|
އިތުރު މަޢުލޫމާތު: |
މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 24 (ސައްވީސް) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން އޮކްޓޫބަރު 2015 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ. |
ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ: |
2015 ސެޕްޓެންބަރު 14 (ހޯމަ) ދުވަހު 14:00ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް |