ޢާންމު މަޢުލޫމާތު
ނަންބަރު: FAM/IUL/2015/013
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި:
16 ސެޕްޓެންބަރު 2015 14:30
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެފް.އޭ.އެމްގެ އިންތިޚާބު
އިއުލާން
5 ސެޕްޓެންބަރު 2015 ވަނަ ދުވަހު ބޭއްވުނު އެފް.އޭ.އެމް ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފާސްކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ބޭއްވޭ އެފް.އޭ.އެމްގެ އިންތިހާބު 22 އޮކްޓޫބަރު 2015 ވަނަ ދުވަހު ބޭއްވުމަށް އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ނިންމަވާފައެވެ. ވީމާ، އަސާސީ ގަވާއިދުގެ ދަށުން އެފް.އޭ.އެމްގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔެކިއުންތައް ހުށްހެޅުއްވުން އެދެމެވެ.
އަދި އަލަށް އެކުލަވާލެވުނު މިއެސޯސިއޭޝަންގެ އަސާސީ ގަވާއިދު މިއެސޯސިއޭޝަނުން ލިބޭނެވާހަކަ ދަންނަވަމެވެ.
06 ސެޕްޓެންބަރު 2015