މަސައްކަތް
ނަންބަރު: (IUL)420-PM/242/2015/1002
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 15 ސެޕްޓެންބަރު 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކުރުމަށް

އަންދާސީހިސާބު ހޯދުން

ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް

01-  ކައުންސިލްގެ އިދާރާގެ ފާޚާނާގެ މަތީޝީޓް ތަޅައި ނެގުމަށްފަހު އަލުން އެތާނގައި ކޮންކްރީޓް ޝީޓެއް އެޅުން.

02-  ފާޚާނާގެ ފާރުތަކުގެ މަތީކައިރި ލެވެލް ކުރުމަށްފަހު 6x6 އިންޗީގެ ބީމެއް އެޅުން

03-  ފާޚާނާގެ އެތެރެއާއި ބޭރުގެ ފާރުތަކުން ކަނޑައިގެންގޮސްފައިވާ ތަންތަން ކެމިކަލް އަޅައިގެން ބައްދައިދިނުން.

04-  ފާޚާނާގެ އެތެރެއާއި ބޭރުގައި ކުލައާއި ދަވާދުލުން

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.

2. މާކްސް ދެވޭގޮތުގެ ތަފްސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތަށް  

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮފައިލްގައި، ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015