މަސައްކަތް
ނަންބަރު: GS116(IUL) /2015/014
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 10 ސެޕްޓެންބަރު 2015 13:00
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ސްޓާފް ފާޚާނާއެއް ހަދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި ސްޓާފް ފާޚާނާއެއް ހަދަން ބޭނުންވެގެން 24 އޮގަސްޓު 2015 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS116(IUL)/2015/013 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކުން އެކަން އަންގަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި "ސްޓާފް ފާޚާނާ ހެދުމާބެހޭ" މިހެން ޖައްސަވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

22 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015