2025 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ،ލީޑް އެގްޒޭމިނަރ،އޮޑިޓިންގ އެގްޒޭމިނަރ، މޮޑަރޭޓިންގ އެގްޒޭމިނަރ،މާކަރުން އަދި ކްލެރިކަލް މުވައްޒަފުން ހޯދުމަށް ކުރި މިޑިޕާޓްމަންޓްގެ ނަންބަރު: ((IUL)120-C/1/2025/16 އިޢުލާނަށް ބޭނުންވާ ޢަދަދަށް މާކަރުން ލިބިފައިނުވާތީ އަލުން މާކަރުން ހޯދުމަށް އިޢުލާނު ކުރަމެވެ. ކުރީގެ އިޢުލާނަށް ފޯމު ހުށަހެޅި ފަރާތްތަކުން މި އިޢުލާނަށް ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
|
ބޭނުންވާ އަދަދު:
|
މަޤާމް
|
ދިވެހި
|
އިސްލާމް
|
މަސައްކަތްކުރަންޖެހޭ މުއްދަތު
|
މާކަރު
|
40
|
40
|
13 ޖުލައި 2025 އިން 03 އޯގަސްޓް 2025 އަށް
|
|
ޝަރުޠު:
|
މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:
- މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން.
- މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ކީސްޓޭޖް 4 ނުވަތަ 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން، ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން، ނުވަތަ ދިވެހި / އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.
|
މަސްޢޫލިއްޔަތު:
|
- މާކަރުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކު ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
- މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.
- އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
- ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ.
- ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.
- މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ.
- މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީމޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ.
- މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރޭގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ.
- މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ.
- މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ.
- ޑީ.ޕީ.އީން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.
|
މާކަރުންނަށް މާކުސް ލިބޭ ގޮތް ލިބޭ ގޮތް
|
ތަޢުލީމް
|
20
|
ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ
|
10
|
މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ
|
20
|
ޓެސްޓުގެ (ސުވާލުކަރުދާސް މާކު ކުރުން) ނަތީޖާ
|
50
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު
|
މާކިންގ ތަމްރީން:
13 ޖުލައި 2025 އިން 15 ޖުލައި 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)
މާކިންގ މަސައްކަތް:
15 ޖުލައި 2025 އިން 03 އޯގަސްޓް 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)
|
އުޖޫރަ:
|
- މާކަރުންގެ އުޖޫރަ: މާކު ކުރާ ކޮންމެ ކަރުދާހަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
- ރީޗެކް މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
- ރީޗެކުގައި މާކުސް ދެވުނުގޮތުގެ ރިޕޯޓް ލިޔުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ރިޕޯޓަކަށް -/200ރ (ދުއިސައްތަ ރުފިޔާ)އެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.
Marking Work Application Form
- ވަނަވަރު (ސީ.ވީ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
- ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)، މިލިޔުމުގައި ކިޔަވައިދޭ ކީސްޓޭޖާއި މާއްދާ އެނގެން އޮންނަންވާނެއެވެ.
- ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.
|
ސުންގަޑި:
|
16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
SSC Marking Work Application
- އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|