މަސައްކަތް
ނަންބަރު: (IUL)318-PP/318/2015/65
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 19:32
ސުންގަޑި: 08 ސެޕްޓެންބަރު 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ކުނިކޮށިގައި ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބ. ދަރަވަންދޫ ކުނިކޮށިގައި ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ބ. ދަރަވަންދޫ ކުނި ކޮށި ތަރައްޤީ ކުރުމަށް، ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ އެވެ. 

  1. ކުނި ކޮށީގެ ވަށާ ފާރު ރޭނުން.
  2. 20 ފޫޓް ދިގު، 15 ފޫޓް ފުޅާ ފުރާޅެއް ހިޔާކޮށް ދިނުން.
  3. 40 ފޫޓް ދިގު × 12 ފޫޓް ފުޅާ ކޮންކްރީޓް ތަޅުމެއް އެޅުން.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  •  މަޢުލޫމާތު ސާފުކުރުމަށް: 2015 ސެޕްޓެމްބަރ 08 ވާ އަންގާރަ ދުވަހުގެ 11:00 އަށް
  • އަންދާސީހިސާބު ހުށަހެޅުމަށް: 2015 ސެޕްޓެމްބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީދުވަސްތަކުގައި ރަސްމީގަޑީގައި 0002 660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2015