ދިވެހިރާއްޖެ
އިއުލާން ނަމްބަރު: (IUL)475/475/2025/110
އިއުލާން އެމެންޑްމަންޓް 1
"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"
ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) ގެ އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
25 މެއި 2025 ގައި ކުރެވިފައިވާ ނަންބަރު(IUL)475/475/2025/95 އިއުލާނުގައިވާ ބިޑިންގ ޑޮކިޔުމަންޓްގެ ލޮޓްތަކުގެ މައުލޫމާތަށްވަނީ ބަދަލުގެނެވިފައެވެ. މި އިޢުލާނާ އެކު އިތުރުވެފައިވާ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ
އީމެއިލް : [email protected]
ފޯން: 306982/3026975