މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/282
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:46
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ނޫމަރާ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް (ރިޓެންޑަރ)
ށ.ނޫމަރާ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް (ރިޓެންޑަރ)
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭނުމަށް ށ.ނޫމަރާ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)13-K1/13/2015/170) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.
GC01-4 ,GC01-3 ،GC01-2 ،GC01-1 އަދި GC01-5
- ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 07 ސެޕްޓެންބަރު 2015 އިން 16 ސެޕްޓެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާސް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓު) ބީލަމާއެކު ހުށަހަޅަން ޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/25,000ރ (ފަންސަވީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
- މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ސެޕްޓެންބަރު 2015 ވާ އަންގާރަދުވަހުގެ 12:00 ކުރިން މިމިނިސްޓްރީގެ އީމެލް އެޑްރެސް [email protected] ، ކޮޕީ [email protected] އަށް ފޮނުއްވުން އެދެމެވެ
- ބީލަން ހުޅުވުން އޮންނާނީ 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349104، 3349106
ފެކްސް: 3320706، 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]
03 ސެޕްޓެންބަރު 2015