ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)H04-HC/2025/12
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 18 ޖޫން 2025 13:00
ތުލުސްދޫ ޞިއްޙީ މަރުކަޒު، ކ. ތުލުސްދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހެލްތް ކެއަރ އެޓެންޑަންޓް

 

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު:

ހެލްތުކެއާ އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 2

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ގާފަރު ޞިއްޙީ މަރުކަޒު

އަސާސީ މުސާރަ:

-/3،470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

އެހެނިހެން އެލަވަންސް:

1.       ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200

2.       ހެލްތު އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35

3.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ގޮތުގެމަތިން މިނިމަމްވޭޖު އެލަވަންސް.

4.       ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

5.       ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އަދި ސިވިލް ސަރިވސް ޤަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް.

6.       މީގެ އިތުރުން ސިވިލް ސަރވިސް ޤަވާއިދުގައި މިމަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސް / އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.       ޞިއްޙީމަރުކަޒުގެ ވޯޑްތަކާއި ފާހާނާތަކާއި ޑްރެސިންގ ރޫމާއި އިންޖެކްޝަން ރޫމާއި އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން. ( ޚާއްޞަކޮށް ވާރޭވެހޭ ދުވަސްވަރު ބޮޑަށް ސަމާލުކަންދިނުން )

2.       ބޭސްއަޅާ ކޮޓަރި، ވޯޑް، ލޭބަރރޫމްގައި ހިފާގެންގުޅޭ ތަކެތި ނަރުހުންގެ އިރުޝާދުގެ މަތިން ދޮވެ ސާފުކުރުން.

3.       ނަރުހުން އޯ.ޕީ.ޑީ، ވޯޑްގައި މަސައްކަތް ކުރައްވާ ގަޑީގައި ނަރުހުންނަށް އެހީވުން .

4.       ބަލިމީހާ ޑިސްޗަރޖުކުރުމުން ނަރުހުން އަންގަވާ ގޮތެއްގެމަތިން އެނދާއި، ގޮދަޑި އަދި ބެޑްސައިޑް ލޮކަރުތައް ސާފްކޮށް ކާބޮލައިޒްކޮށް އަބަދުވެސް ރީއްޗަށް ބެހެއްޓުން.

5.       އަންގާލެވޭ އެންގުންތަކާ އެއްގޮތަށް މަރުކަޒުގެ ފާހާނަތައް ދޮވެ ސާފުކުރުން.

6.       ދޮވެސާފުކުރުމަށް ބޭނުންކުރާ ލައްފިލުވާ އޯމޯފަދަ ތަކެތި ހުސްވިޔަނުދީ ސްޓޮކް ބެލެހެއްޓުން.

7.       ޞިއްޙީމަރުކަޒުގައި ހަޑިވާ ބާލީހާއި ބެޑްޝީޓް އަދި އެހެނިހެން ތަކެތި ދޮވެ ސާފުކުރުން.

8.       މަރުކަޒުގެ ސިންކުތަކާއި،އަތްދޮންނަ ތަށިތައް ހަޑިވިޔަނުދީ ބެލެހެއްޓުން.

9.       މަރުކަޒުގައި ބެހެއްޓިފައިވާ ޑަސްބިންތައް ނަގަންޖެހޭ އުސޫލުތަކާ އެއްގޮތަށް އަދި އަންގާ ގޮތެއްގެމަތިން ނަގައި ސާފުކުރުން.

10.   ސްޓެރަލައިޒް ކުރަންޖެހޭ އެއްޗެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރަލައިޒް ކުރުމާއި ނަރުހުންގެ އިރުޝާދުމަތިން ޑިއުޓީ ގަޑީގައި ނަރުހުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

11.   ޞިއްޙީމަރުކަޒުގެ ވޯޑުތައް، ޑެލިވަރީރޫމް،އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތަކުގައި ހުންނަ އެނދުތަކުގެ ފޮޅާސާފުކުރުމާއި ކާބުލައިޒްކޮށް ބެލެހެއްޓުން.

12.   ވޯޑްތެރޭގައި މީހުން ގިނަވިޔަނުދީ ބެލެހެއްޓުން.

13.   ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި،ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ކުނިކަހާ ސާފުކުރުމާއި،ގަސްތައް ކޮށާ، ފެންދީ ބެލެހެއްޓުން.

14.   ޞިއްޙީ މަރުކަޒުގެ ޢިމާރާތާއި، މެޝިނަރީޒްތަކާއި، ފަރނިޗަރ އަދި ފަންކާތަކާއި އެހެނިހެން ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ފޮޅާސާފުކުރުން.

15.   ޞިއްޙީމަރުކަޒުގެ ބޭރުން ވަދެވޭ ގޮތަށް ހުންނަ ހުރިހާ ފާހާނާތައް ދުވާލަކު އެއްފަހަރު މަދުވެގެން ސާފުކުރުން.

16.   ޞިއްޙީމަރުކަޒުގެ ހޯލް ތެރެއާއި، ވަށައިގެން ދުވާލަކު އެއްފަހަރު މަދުވެގެން ކުނިކަހައި ސާފުކުރުން .

17.   ޞިއްޙީމަރުކަޒުގެ އޮފީސްތެރެއާއި އަދި އެހެނިހެން ތަންތާގައި ބަހައްޓާފައިވާ ސޯކޭސް، ކަބަޑު ފަދަ ތަކެތި މަދުވެގެން ހަފްތާ އަކު ދެފަހަރު ފޮހެ ސާފުކޮށް ބެލެހެއްޓުން.

18.   ޞިއްޙީ މަރުކަޒުގައި އުކާލަންހުންނަތަކެތި ދުވަހުންދުވަހަށް ރައްކާތެރިކަމާއިއެކު އުކާލާ އަންދާލަންޖެހޭ ތަކެތި އަންދާލުން.

19.   ސިއްޙީ މަރުކަޒުގެ ގޯތިތެރޭގައާއި، އިމާރާތުގެ އެތެރޭ ޕޮޓްތަކުގައި ހައްދާ ގަސްތައް ބަލަހައްޓައި ކޮންމެ ދުވަހަކު ހެނދުނާއި، ހަވީރު ފެންޖެހުން. މިގޮތުން ގަސްއިންދާ ބެޑްތަކުގައާއި، ޕޮޓްތަކުގެ އެތެރޭގައި ފަޅާ ބޭކާރު ވިނަ ނޮޅާ ސާފުކުރުން.

20.   އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

·         ލިޔަން ކިޔަން އެނގުން.

ނުވަތަ

·         މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާސިލްކޮށްފައިވުން.

 

ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

·         ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ.

ނުވަތަ

·         ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން

ނުވަތަ

·         ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަކަށް ބަލައިގެންނެވެ.

ތައުލީމީ ރޮނގުތައް:

 

·         ނެތް

·         މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

·         މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

 

·         ކްލީނިންގް އެންޑް ލޯންޑްރީ

·         ފޮޅާ ސާފުކުރުން

·         ޕޭޝަންޓް ކެއަރ ސަރވިސް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

·         ހާސިލް ކޮށްފައިވާ ތަޢުލީމަށް ބަލައިގެން.

·         މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

·         ޤާބިލްކަން ކަށަވަރު ކުރުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް ގެ ނަތީޖާއަށް ބަލައިގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖޫން 2025 ވަނަ  ދުވަހުގެ 13:00ގެ ކުރިން، ކ. ގާފަރު ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅުއްވައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

ނޯޓް: އީ.މެއިލްއިން ވަޒީފާއަށް އެދި ފޮނުވާލިއުންތައް ފޮނުވާއިރު ވަޒީފާއަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީކާޑް ނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.       ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

ލިންކް: https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭން ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވީނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް.

4.       ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރޮޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

·         30 ޖޫން 2025 ން 15 ޖުލައި 2025 އާއި ދެމެދު ކ. ގާފަރު ޞިއްޙީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޕޮއިންތް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6640636 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

03 ޖޫން 2025