ބީލަން
ނަންބަރު: (IUL)244-CAA/244/2025/31
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 21:05
ސުންގަޑި: 16 ޖޫން 2025 13:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުރާކުނު ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: IUL)244-CAA/244/2025/31

އިޢުލާން

  ތުރާކުނު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި އިދާރާއަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،  ގެޒެޓްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީ/ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. އަދި ބީލަމުގައި ރެޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު އީމެއިލް ކުރެއްވުން އެދެމެވެ.

  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖޫން 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހއ.ތުރާކުނު ކައުންސިލްގެ އިދާރާގައެވެ.

  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

  އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަމްބަރު 6500035، 6500107 ފޯނަށް ގުޅުއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

02 ޖޫން 2025