ދިވެހިރާއްޖެ
ކިޔަވައިދޭނެ އިންސްޓްރަކްޓަރުން ބޭނުންވެއްޖެ
މި މަރުކަޒުން 2015ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސް ސެޓްފިކެޓް އިން ސްޕޯޓްސް މެނޭޖްމެންޓް ކޯހުގައި މި މަރުކަޒުން ދޭ ކަރިކިއުލަމާއި އެއްގޮތަށް މެޓީރިއަލް ތައްޔާރުކޮށް ކިޔަވައިދެއްވާނެ
އިންސްޓްރަކްޓަރުން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ މޮޑިއުލްތަކުގެ ތެރެއިން އެފަރާތަކަށް ނަންގަވައިދެއްވޭނެ މޮޑިއުލްތައް ވަކިވަކިން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.
ކޯހުގެ ނަން: އެޑްވާންސްޑް ސެޓްފިކެޓް އިން ސްޕޯޓްސް މެނޭޖްމަންޓް |
އެލަވަންސް : ގަޑިއަކަށް -/400 (ކިޔަވައިދިނުމަށް ގަޑިއަކަށް -/250ރ އާއި މެޓީރިއަލް ކްރިއޭޓްކުރުމަށް ގަޑިއަކަށް -/150ރ) |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ހ.ބޯޅަގެ) |
ކޯހުގެ މޮޑިއުލް:
|
ޝަރުޠު: ސްޕޯޓްސް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
16 ޛުލްޤަޢިދާ 1436