މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/204
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 09 ސެޕްޓެންބަރު 2015 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދ. ބަނޑިދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. ބަނޑިދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ދ. ބަނޑިދޫ ހެލްތު ސެންޓަރ ނުވަތަ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00އަށް ދ. ބަނޑިދޫ ހެލްތު ސެންޓަރ ނުވަތަ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015